ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމް

ޕްލޭނިންގ އޮފިސަރ    

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

MS1

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

5610:00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސަވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- މި މަގާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު ބޭނުންވާ ސެކްޝަން

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް 

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް

ލ. އަތޮޅު ކައުންސިލްގެ އިދާރާ ލ. ފޮނަދޫ

 

 

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

  1. އަތޮޅުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށް ފާސްކުރަން ފޮނުވުން. 
  2. ތަރައްޤީގެ ޕްލޭން ހެދުމާއި، ތަރައްޤީއަށް ރޭވުމާއި، ޕޮލިސީ ކަނޑައަޅަންޖެހޭ ކަންކަމުގައި ރަށު ކައުންސިލްތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ދިނުން. 
  3. ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލް ތައްޔާރުކޮށް، ލޯކަލް ގަވައިމަންޓް އޮތޯރިޓީއަށް ފޮނުވުން.
  4. އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި، އެކިއެކި ޤާނޫނުތަކުގެދަށުން އަތޮޅު ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
  5. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް، ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން، ލޯކަލް ގަވައިމަންޓް އޮތޯރިޓީއަށް ފޮނުވުން.
  6. ކައުންސިލަރުން ކުރާ މަސައްކަތްތައް ހަލުވިކުރުމަށް ކުރެވިދާނެ ކަންކަން ބަލައި، ހޯދައި، ގެންނަށްޖެހޭ ބަދަލުތައް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  7. ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްގެންދާނޭގޮތުގެ ޑީޓެއިލް އައުޓްލައިނެއް ތައްޔާރުކުރުން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

-  ލިބިފައިވާ ތައުލީމާއި ތަމްރީނު

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަވިއު ކުރުމާއި، އިމްތިޙާން ކުރުން

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 15.00 ގެ ކުރިން މި އިދާރާއަށް.

އިތުރު މައުލޫމާތު

މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6800713 ނަންބަރު ފޯނާއެވެ. 

16 ޝަޢުބާން 1436

03 ޖޫން 2015
ހޯދާ