|
މަޤާމުގެ މަސްއޫލިއްޔަތު
|
- އަތޮޅުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށް ފާސްކުރަން ފޮނުވުން.
- ތަރައްޤީގެ ޕްލޭން ހެދުމާއި، ތަރައްޤީއަށް ރޭވުމާއި، ޕޮލިސީ ކަނޑައަޅަންޖެހޭ ކަންކަމުގައި ރަށު ކައުންސިލްތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ދިނުން.
- ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލް ތައްޔާރުކޮށް، ލޯކަލް ގަވައިމަންޓް އޮތޯރިޓީއަށް ފޮނުވުން.
- އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި، އެކިއެކި ޤާނޫނުތަކުގެދަށުން އަތޮޅު ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
- ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް، ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން، ލޯކަލް ގަވައިމަންޓް އޮތޯރިޓީއަށް ފޮނުވުން.
- ކައުންސިލަރުން ކުރާ މަސައްކަތްތައް ހަލުވިކުރުމަށް ކުރެވިދާނެ ކަންކަން ބަލައި، ހޯދައި، ގެންނަށްޖެހޭ ބަދަލުތައް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްގެންދާނޭގޮތުގެ ޑީޓެއިލް އައުޓްލައިނެއް ތައްޔާރުކުރުން.
|
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ލިބިފައިވާ ތައުލީމާއި ތަމްރީނު
- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން
- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
|
|
އިންޓަވިއު ކުރުމާއި، އިމްތިޙާން ކުރުން
|
ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
|
|
ސުންގަޑި
|
2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 15.00 ގެ ކުރިން މި އިދާރާއަށް.
|
|
އިތުރު މައުލޫމާތު
|
މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6800713 ނަންބަރު ފޯނާއެވެ.
|
|
16 ޝަޢުބާން 1436
|