މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އަލުން އިޢުލާން ކުރުން
އިޢުލާން
ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އަލުން އިޢުލާން ކުރުން
- ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމުގެ ބޭނުމުގައި މި މިނިސްޓްރީގެ ނަންބަރު (IUL)22-E/22/2020/68 އިޢުލާނާއެކުވާ "ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" ފޯމަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ، އެބަދަލުތައް ގެނައުމަށްފަހު އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
- "ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯރމް" މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.moe.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.
- ފައިސާގެ އެހީއަށް އެދި ހުށަހަޅާ ފޯމަށް ބަދަލު ގެނެވިފައިވާތީ، ފޯމް ހުށަހެޅުމުގެ ސުންގަނޑި 2020 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
- މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް ނުވަތަ ފޯން ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ޑިވިޜަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 7838201/ 7745484
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
18 މުޙައްރަމް 1442
06 ސެޕްޓެންބަރު 2020
ހޯދާ