ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-E/22/2020/69
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 10 ސެޕްޓެންބަރު 2020 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އަލުން އިޢުލާން ކުރުން

އިޢުލާން

 

ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އަލުން އިޢުލާން ކުރުން

  1. ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމުގެ ބޭނުމުގައި މި މިނިސްޓްރީގެ ނަންބަރު (IUL)22-E/22/2020/68 އިޢުލާނާއެކުވާ "ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" ފޯމަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ، އެބަދަލުތައް ގެނައުމަށްފަހު އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
  2. "ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯރމް" މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.moe.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.
  3. ފައިސާގެ އެހީއަށް އެދި ހުށަހަޅާ ފޯމަށް ބަދަލު ގެނެވިފައިވާތީ، ފޯމް ހުށަހެޅުމުގެ ސުންގަނޑި 2020 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
  4. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް ނުވަތަ ފޯން ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 7838201/ 7745484

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

                                          18 މުޙައްރަމް   1442

06 ސެޕްޓެންބަރު 2020