މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން  

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)474/1/2020/13 (19 ޖުލައި 2020) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. 

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަށް ތިރީގައި މިވާ ކޮންމެ ދާއިރާއަކަށް އާންމުރައްޔިތުންގެ ތެރެއިން 1 މެންބަރު ނެގުމަށް ހުޅުވާލުމަށް ކުރެވުނު އިޢުލާނުގެ މުއްދަތު 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކުރަމެވެ. 

ދާއިރާތަށް: 

1. ސައިންސްގެ ދާއިރާ 

2. ޓެކްނޯލޮޖީގެ ދާއިރާ 

3. އިންޖިނިއަރިންގ ދާއިރާ   

ޝަރުތުތައް: 

1. ދިވެހި ރައްޔިތެއްކަމުގައިވުން. 

2. ތަމްސީލުކުރާ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިޤްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލުކޮށްފައިވުން. 

3. ސައިންސާއި ޓެކްނޯލޮޖީ ނުވަތަ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

4. ވޭތުވެ ދިޔަ 2 (ދެއެއް) އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. 

5. ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ވީމާ އިސްވެ ބަޔާންކޮށްފައިވާ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅުއްވާ ސިޓީ، އައިޑީ ކާޑު ކޮޕީ، ސީ.ވީ އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީތައް، 12 އޮގަސްޓް 2020 ވާ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ info@mcst.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް 3302200 އަށް ގުޅުއްވުން އެދެމެވެ.   

 

05 އޮގަސްޓް 2020
ހޯދާ