ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)474/1/2020/14
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 12 އޮގަސްޓް 2020 14:00
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން  

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)474/1/2020/13 (19 ޖުލައި 2020އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. 

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަށް ތިރީގައި މިވާ ކޮންމެދާއިރާއަކަށް އާންމުރައްޔިތުންގެ ތެރެއިން1މެންބަރު ނެގުމަށް ހުޅުވާލުމަށް ކުރެވުނު އިޢުލާނުގެ މުއްދަތު 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކުރަމެވެ. 

ދާއިރާތަށް: 

1.ސައިންސްގެ ދާއިރާ 

2.ޓެކްނޯލޮޖީގެ ދާއިރާ 

3އިންޖިނިއަރިންގ ދާއިރާ   

ޝަރުތުތައް: 

1.ދިވެހި ރައްޔިތެއްކަމުގައިވުން. 

2.ތަމްސީލުކުރާ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިޤްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލުކޮށްފައިވުން. 

3.ސައިންސާއި ޓެކްނޯލޮޖީ ނުވަތަ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކޮށް މަދުވެގެން3(ތިނެއްއަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން. 

4.ވޭތުވެ ދިޔަ2(ދެއެއްއަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. 

5ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ވީމާ އިސްވެ ބަޔާންކޮށްފައިވާ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅުއްވާ ސިޓީ، އައިޑީ ކާޑުކޮޕީ، ސީ.ވީ އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީތައް،12 އޮގަސްޓް2020ވާ ދުވަހުގެ14:00ގެކުރިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަށް ހުށައެޅުއްވުން އެދެމެވެއީމެއިލް ކުރައްވާނަމަinfo@mcst.gov.mvއަށް އީމެއިލް ކުރެއްވުން އެދެމެވެއިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް3302200އަށް ގުޅުއްވުންއެދެމެވެ.   

 

05 އޮގަސްޓް 2020