މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސ.ގަމުގައި 19 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 ގެ ނިޔަލަށް ކުރިޔަށް ގެންދާ އަސްކަރީ ތަމްރީން

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއްގައި 2020 ޖުލައި 19 އިން 23 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މިތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :                     މެޝިން ގަން ފަޔަރިންގ

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:               5000 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:              100 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:               ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:                ސ. ގަމުގެ ދެކުނުން 07 މޭލު ބޭރުގައި

 

ވީމާ ސ. ގަމުގެ ދެކުނުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

                  23 ޝައްވާލު 1441

            15 ޖޫން  2020   

 

ދިވެހި ސަރުކާރުގެ ގެޒެޓް

15 ޖޫން 2020
ހޯދާ