ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއްގައި 2020 ޖުލައި 19 އިން 23 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މިތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިންގ
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ. ގަމުގެ ދެކުނުން 07 މޭލު ބޭރުގައި
ވީމާ ސ. ގަމުގެ ދެކުނުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
23 ޝައްވާލު 1441
15 ޖޫން 2020
ދިވެހި ސަރުކާރުގެ ގެޒެޓް