މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ކުރާނެ އަންހެން އެގްޒަމިނަރުން ހޯދުމާއި ބެހޭ،

                           

އިޢުލާން

                    މިއޮތޯރިޓީން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އަންހެން ބޭފުޅުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިއޮތޯރިޓީން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

·         ބޭނުންވާ ޢަދަދު: 10

ޝަރުޠު

-          ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވުމާއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          ޑްރައިވިންގ ސްކޫލަކާ އެއްވެސް  ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

 

·         އުޖޫރަ: AA1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/15 ރުފިޔާ.

·              އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/25 ރުފިޔާ.

 

              ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2019 ނޮވެމްބަރ 14ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ވަނަވަރާއިއެކު ސިޓީއަކުން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

                   

 

 

 

23 އޮކްޓޫބަރު 2019
ހޯދާ