ދިވެހިރާއްޖެ
އިޢުލާން
މިއޮތޯރިޓީން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އަންހެން ބޭފުޅުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިއޮތޯރިޓީން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
· ބޭނުންވާ ޢަދަދު: 10
ޝަރުޠު
- ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވުމާއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- ޑްރައިވިންގ ސްކޫލަކާ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.
· އުޖޫރަ: AA1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/15 ރުފިޔާ.
· އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/25 ރުފިޔާ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2019 ނޮވެމްބަރ 14ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ވަނަވަރާއިއެކު ސިޓީއަކުން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.