ދިވެހިރާއްޖެ
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި / ދިވެހިރާއްޖެ
ނަންބަރ: (IUL)GS-23/PRIV/2019/13
އިޢުލާން
2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ
2019 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެގެންކުރި މިމަރުކަޒުގެ ނަންބަރ (IUL)GS-23/PRIV/2018/15 (12 ޑިސެމްބަރ 2018) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 27 މާރިޗު 2019 އިން 03 އޭޕްރީލް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 04 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ނަންނޯޓް ކުރުމާއި ، އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މ.އަތޮޅު ތަޢުލީމީ މަރުކަޒު / މ. މުލި ފޯން: 7952901 އީމެއިލް :[email protected] މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއްވެސް ހުށަހަޅުއްވަންވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ އޮފީހުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ އޮފީގައެވެ. |
އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. |
20 ރަޖަބު 1440
27 މާރިޗު 2019
އަޙްމަދު ނާހިދު
ޕްރިންސިޕަލް
ފޯނު ނަންބަރ: 7952901 ފެކްސް ނަންބަރ: 6720002 / މ. އަތޮޅު ތަޢުލީމީ މަރުކަޒު Email: [email protected] |