ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-23/PRIV/2019/13
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 08 އޭޕްރިލް 2019 11:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ފެރީއެއް ހޯދުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                       ނަންބަރ: (IUL)GS-23/PRIV/2019/13  

އިޢުލާން

 

2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

     2019 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެގެންކުރި މިމަރުކަޒުގެ ނަންބަރ (IUL)GS-23/PRIV/2018/15  (12 ޑިސެމްބަރ 2018) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

     މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 27 މާރިޗު 2019 އިން 03 އޭޕްރީލް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

     މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 04 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

ނަންނޯޓް ކުރުމާއި ، އިތުރުމަޢުލޫމާތު  ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ.އަތޮޅު ތަޢުލީމީ މަރުކަޒު / މ. މުލި

ފޯން: 7952901

އީމެއިލް :[email protected]

     މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

    މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

    މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ އޮފީހުގައެވެ.

    އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ އޮފީގައެވެ.

   

    އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.

  1. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  2. ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  3. ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  4. ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވުން.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

      20 ރަޖަބު  1440 

       27 މާރިޗު  2019

                                                       އަޙްމަދު ނާހިދު  

                                                       ޕްރިންސިޕަލް

             

ފޯނު ނަންބަރ: 7952901  ފެކްސް ނަންބަރ: 6720002 / މ. އަތޮޅު ތަޢުލީމީ މަރުކަޒު

Email: [email protected]

 

 

27 މާރިޗު 2019