ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު 

                    

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް މިކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ޑީސަލް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން:  01 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، ރަސްމީ ގަޑީގައި، އެސްޓީއޯ އައިފާނު ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ސާފުކުރުން: 02 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައެވެ.

މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 މާރިޗު 2019
ހޯދާ