ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް މިކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ޑީސަލް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 01 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، ރަސްމީ ގަޑީގައި، އެސްޓީއޯ އައިފާނު ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން: 02 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައެވެ.
މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.