ދިވެހިރާއްޖެ
އިޢުލާން
ޕާރޓްޓައިމް ކައުންސެލަރުން އަދި ހެލްތް ޕްރޮފެޝަނަލުން ބޭނުންވެއްޖެ
މި މިނިސްޓްރީއިން ކުރިއަށްގެންދާ "ޔޫތު ކައުންސެލިންގ ސަރވިސް އަދި ޔޫތު ހެލްތް ކެފޭ" ގައި ސެޝަންތައް ނަންގަވާނެ ޕާރޓްޓައިމް ކައުންސެލަރުން އަދި ހެލްތް ޕްރޮފެޝަނަލުން ބޭނުންވެއްޖެއެވެ.
|
އެލަވަންސް:އެޑްވާންސް ލެވެލް ސަރޓިފިކެޓް ނަމަ ގަޑިއަކަށް 100 ރުފިޔާ، ޑިޕްލޮމާ ސަރޓްފިކެޓް ނަމަ ގަޑިއަކަށް 150 ރުފިޔާ،ޑިގްރީ ސަރޓިފިކެޓްނަމަ ގަޑިއަކަށް 200 ރުފިޔާ އަދި މާސްޓަރސް ލެވެލް ސަރޓިފިކެޓެއްނަމަ ގަޑިއަކަށް 250 ރުފިޔާ
|
||||||||||
|
މަސައްކަތް ކުރަންޖެހޭ ތަން: މާފަންނު އިޖުތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) |
||||||||||
|
މަސައްކަތް ކުރަންޖެހޭ ގަޑިތައް: އެޕޮއިންޓްމަންޓް އާއި އެއްގޮތަށް |
||||||||||
|
ޝަރުތު: ޕާރޓްޓައިމް ކައުންސެލަރުން:04 ކައުންސެލިންގ ދާއިރާއިން އެޑްވާންސް ލެވެލް ސެޓްފިކެޓް އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
ހެލްތް ޕްރޮފެޝަނަލް: 02 ސިއްހީ ދާއިރާއިން ޑިގްރީ ފެންވަރުގެ ގެ ސެޓްފިކެޓް އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
ވަޒީފާގެ މަސްއޫލިއްޔަތު
|
||||||||||
|
ސިޓީ ހުށަހަޅަންޖެހޭ ތަނާއި ތާރީޚު: ތަން :މިނިސްޓްރީ އޮފް ޔޫތު ، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ނުވަތަ މާފަންނު އިޖުތިމާއީ މަރުކަޒަށް ސުންގަޑި: 26 މާރިޗު 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ. |
||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ -ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ (ދެފުއް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ) - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ) - މަސައްކަތު ތަޖުރިބާގެ ލިޔުންތައް - އެލައިޑް ހެލްތް ކައުންސިލްގެ ރަޖިސްޓްރޭޝަން ސަރޓިފިކެޓް |
||||||||||
|
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މާފަންނު އިޖުތިމާއީ މަރުކަޒުގެ ނަންބަރު 3313912 އަދި 3323860 އަށް ގުޅުއްވުން އެދެން |
12 ރަޖަބު 1440
