ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-YD/141/201986
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 26 މާރިޗު 2019 12:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޕާރޓްޓައިމް ކައުންސިލަރުން އަދި ހެލްތު ޕްރޮފެޝަނަލުން ބޭނުންވެއްޖެ

                       އިޢުލާން

ޕާރޓްޓައިމް ކައުންސެލަރުން އަދި ހެލްތް ޕްރޮފެޝަނަލުން ބޭނުންވެއްޖެ

މި މިނިސްޓްރީއިން ކުރިއަށްގެންދާ "ޔޫތު ކައުންސެލިންގ ސަރވިސް އަދި ޔޫތު ހެލްތް ކެފޭ" ގައި ސެޝަންތައް ނަންގަވާނެ ޕާރޓްޓައިމް ކައުންސެލަރުން އަދި ހެލްތް ޕްރޮފެޝަނަލުން ބޭނުންވެއްޖެއެވެ.

އެލަވަންސް:އެޑްވާންސް ލެވެލް ސަރޓިފިކެޓް ނަމަ ގަޑިއަކަށް 100 ރުފިޔާ، ޑިޕްލޮމާ ސަރޓްފިކެޓް ނަމަ ގަޑިއަކަށް 150 ރުފިޔާ،ޑިގްރީ ސަރޓިފިކެޓްނަމަ ގަޑިއަކަށް 200 ރުފިޔާ އަދި މާސްޓަރސް ލެވެލް ސަރޓިފިކެޓެއްނަމަ ގަޑިއަކަށް 250 ރުފިޔާ

     

މަސައްކަތް ކުރަންޖެހޭ ތަން: މާފަންނު އިޖުތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ)

މަސައްކަތް ކުރަންޖެހޭ ގަޑިތައް: އެޕޮއިންޓްމަންޓް އާއި އެއްގޮތަށް

ޝަރުތު:

ޕާރޓްޓައިމް ކައުންސެލަރުން:04     

ކައުންސެލިންގ ދާއިރާއިން އެޑްވާންސް ލެވެލް ސެޓްފިކެޓް އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން

 

ވަޒީފާގެ މަސްއޫލިއްޔަތު

  1. ޒުވާނުންނަށް ނަފްސާނީގޮތުން އެހީތެރި ވުމުގެ ގޮތުން ވަކިން އަދި ގްރޫޕް ކައުންސެލިންގ ސެޝަންތައް ނަގައި ދިނުން.
  1. ކައުންސެލިންގ ސަރވިސްގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ޔޫތު ހެލްތު ކެފޭގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން
  1. ކްލައިންޓުންގެ ކޭސް ރެކޯޑްއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  1. ކްލައިންޓް ޑާޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  1. ކައުންސެލިންގ ސަރވސް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީ ވުމާއި މަޢުލޫމާތު ދިނުން.
  1. ކައުންސެލިންގ ސަރވސްގެ ކައުންސެލަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ބޭއްވޭ ސުޕަރވިޝަން އަދި އީ.އޭ ގައި ބައިވެރިވުން
  1. އެވެއަރނެސް ސެޝަންތައް ހިންގުމުގައި އެހީތެރިކަންފޯރުކޮށްދިނުން
  1. ކައުންސެލިންގ ސަރވސް  ގެ މަސައްކަތް ޕްރޮމޯޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  1. ދެވޭ ޚިދުމަތާބެހޭ މައުލޫމާތު އާއްމުންނަށް ދިނުމަށް މަސައްކަތް ކުރުން.

 

ހެލްތް ޕްރޮފެޝަނަލް: 02

ސިއްހީ ދާއިރާއިން ޑިގްރީ ފެންވަރުގެ ގެ ސެޓްފިކެޓް  އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން

 

 ވަޒީފާގެ މަސްއޫލިއްޔަތު

  1. ޔޫތު ހެލްތުކެފޭއަށް ގުޅާ އަދި ޒިޔަރާތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  2. ޒުވާނުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ވަކިން ސެޝަންތައް ނަގައި ދިނުން.
  3. ސޯޝަލް މީޑިއާ މެދުވެރިކޮށް ސިއްޙީ މަޢުލޫމާތު ދެވޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ކޮންމެ މަހަކު މަދުވެގެން ސިއްޙަތާއި ގުޅޭ 2 ޕްރޮގްރާމް ހިންގުން
  5. ކޮންމެ އަހަރަކު އަތޮޅުތެރޭގައި މަދުވެގެން ހޭލުންތެރިކަމުގެ 2 ޕްރޮގްރާމް ހިންގުން
  6. ކުރިޔަށް ގެންދެވޭ ސެޝަން އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ، ޑޭޓާބޭސް އެންޓަރކުރުން
  7. މަރުކަޒުގެ ފަރާތުން އަދި އިތުރު އެހެނިހެން އިދާރާތަކުގެ ގުޅުންހުރި ބައްދަލުވުންތަކުގައި ބައިވެރިވުން.
  8. ކޮންމެ މަހެއް ނިމުމުން އެ މަހެއްގައި ނެގިފައިވާ ސެޝަން އަދި ޕްރޮގްރާމްސްގެ ޙުލާސާ ރިޕޯޓެއް ހުށައެޅުން.
  9. ޔޫތު ހެލްތް ކެފޭ ގެ ފަރާތުން ބާއްވާ ތަފާތު އިވެންޓްތަކުގައި ބައިވެރިވުން

ސިޓީ ހުށަހަޅަންޖެހޭ ތަނާއި ތާރީޚު:

ތަން :މިނިސްޓްރީ އޮފް ޔޫތު ، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ނުވަތަ މާފަންނު އިޖުތިމާއީ މަރުކަޒަށް

ސުންގަޑި: 26 މާރިޗު 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

-ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ (ދެފުއް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ)

- މަސައްކަތު ތަޖުރިބާގެ ލިޔުންތައް

އެލައިޑް ހެލްތް ކައުންސިލްގެ ރަޖިސްޓްރޭޝަން ސަރޓިފިކެޓް

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މާފަންނު އިޖުތިމާއީ މަރުކަޒުގެ ނަންބަރު 3313912 އަދި 3323860 އަށް ގުޅުއްވުން އެދެން

                     12 ރަޖަބު 1440

19 މާރިޗު 2019