ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޟިރުކުރުމާބެހޭ

ނަންބަރު: 07/2019/(IUL)P2C

އިޢުލާން

 

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޟިރުކުރުމާބެހޭ

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރުކުރާ ވަގުތު ކަނޑައަޅާނީ އެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރުކުރާ ވަގުތުތަށް ތިރީގައިމިވާ ގޮތުގެމަތިން ކަނޑައަޅާ އެކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

 

  • ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި   މެންދުރު ފަހު 1.00 ން 2.00 އަށް
  • ސަރުކާރުގެ ބަންދު ދުވަސްތަކުގައި   ރޭގަނޑު 8.30 ން 9.30 އަށް
17 މާރިޗު 2019
ހޯދާ