ޢާންމު މަޢުލޫމާތު
ނަންބަރު: 07/2019/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި:
31 މާރިޗު 2019 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޟިރުކުރުމާބެހޭ
ނަންބަރު: 07/2019/(IUL)P2C
އިޢުލާން
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޟިރުކުރުމާބެހޭ
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރުކުރާ ވަގުތު ކަނޑައަޅާނީ އެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރުކުރާ ވަގުތުތަށް ތިރީގައިމިވާ ގޮތުގެމަތިން ކަނޑައަޅާ އެކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.
- ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މެންދުރު ފަހު 1.00 ން 2.00 އަށް
- ސަރުކާރުގެ ބަންދު ދުވަސްތަކުގައި ރޭގަނޑު 8.30 ން 9.30 އަށް
17 މާރިޗު 2019