ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"މޮނިޔުމެންޓް ކުރެހުން" ހުށައެޅުމުގެ ދަޢުވަތު
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2019/011
އިޢުލާނު
"މޮނިޔުމެންޓް ކުރެހުން" ހުށައެޅުމުގެ ދަޢުވަތު
- 2019 ވަނަ އަހަރަކީ ހަނިމާދޫ ސްކޫލްގެ 50 އަހަރުފުރޭ ރަންޔޫބިލް އަހަރުކަމަށްވާތީ، މިއުފާވެރި އަދި ތާރީޚީ މުނާސަބާތުގައި ސްކޫލް ގޯތިތެރޭގައި ބަހައްޓާނެ މޮނިއުމަންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިގޮތުން ހުށަހެޅޭ މޮނިއުމަންޓްގެ ތެރެއިން ބޭނުންކުރުމަށް ހޮވޭ، މޮނިއުމަންޓް ހުށައަޅާ ފަރާތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަދި ފައިސާގެ އިނާމެއް ދެވޭނެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މޮނިޔުމެންޓް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ކަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މާރޗް 11 އިން 2019 މާރޗް 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މޮނިޔުމެންޓް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާރޗް 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 މާރޗް 20 ވާ، ބުދަ ދުވަހުގެ 10:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- ކުރެހުން ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 މާރޗް 25 ވާ، ހޯމަ ދުވަހުގެ 10:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތުޝީޓް، އަދި އެހެނިހެން ޑޮކިޔުމެންޓްތައް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދު ސްކޫލް
އޯކިޑްމަގު، ހދ ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533 ، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
03 ރަޖަބު 1440
10 މާރޗް 2019
ސްކޫލް 50 އަހަރު ފުރޭ ރަންޔޫބިލްގެ މޮނިއުމަންޓް ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް 1. މޮނިއުމެންޓްގައި ހުންނަންވީ ސިފަތައް
މޮނިއުމަންޓް ހުށައަޅާއިރު ކަވަރ ލެޓަރއެއް ހުށައެޅުން، ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.
=ހަނިމާދޫ ސްކޫލްގެ ބިޑް ކޮމިޓީ 2019= |
10 މާރިޗު 2019
ހޯދާ