މަސައްކަތް
ނަންބަރު: GS60(B)/2019/011
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 25 މާރިޗު 2019 10:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
"މޮނިޔުމެންޓް ކުރެހުން" ހުށައެޅުމުގެ ދަޢުވަތު

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2019/011

އިޢުލާނު

       "މޮނިޔުމެންޓް ކުރެހުން" ހުށައެޅުމުގެ ދަޢުވަތު

  1. 2019 ވަނަ އަހަރަކީ ހަނިމާދޫ ސްކޫލްގެ 50 އަހަރުފުރޭ ރަންޔޫބިލް އަހަރުކަމަށްވާތީ، މިއުފާވެރި އަދި ތާރީޚީ މުނާސަބާތުގައި ސްކޫލް ގޯތިތެރޭގައި ބަހައްޓާނެ މޮނިއުމަންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިގޮތުން ހުށަހެޅޭ މޮނިއުމަންޓްގެ ތެރެއިން ބޭނުންކުރުމަށް ހޮވޭ، މޮނިއުމަންޓް ހުށައަޅާ ފަރާތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަދި ފައިސާގެ އިނާމެއް ދެވޭނެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މޮނިޔުމެންޓް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ކަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މާރޗް 11 އިން 2019 މާރޗް 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މޮނިޔުމެންޓް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
  3. މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާރޗް 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 މާރޗް 20 ވާ، ބުދަ ދުވަހުގެ 10:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
  5. ކުރެހުން ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 މާރޗް 25 ވާ، ހޯމަ ދުވަހުގެ 10:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތުޝީޓް، އަދި އެހެނިހެން ޑޮކިޔުމެންޓްތައް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދު ސްކޫލް

އޯކިޑްމަގު، ހދ ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

                                            03 ރަޖަބު 1440

                                            10 މާރޗް 2019

ސްކޫލް 50 އަހަރު ފުރޭ ރަންޔޫބިލްގެ މޮނިއުމަންޓް ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް

1. މޮނިއުމެންޓްގައި ހުންނަންވީ ސިފަތައް

  1. ހަނިމާދޫ ސްކޫލް ނުވަތަ ހަނިމާދޫ ރަމްޒުކޮށް  ދިނުން
  2. ތަޢުލީމް ރަމްޒުކޮށް ދިނުން
  3. ރަންޔޫބިލްގެ 50 ރަމްޒުކޮށް ދިނުން
  4. ސްކޫލްގެ ދެ ކުލަ (ނޫ އަދި ފެހި) ހިމެނުން
  5. އެފެއްދުންތެރިކަން
  6. ފަސޭހައިން ތައްޔާރު ކުރެވޭނެ މޮނިއުމަންޓެއް ކަމުގައިވުން
  7. މޮނިއުމަންޓްގެ އެކިބައިތަކުގެ މިންތައް ވަކި ވަކިން cm އިން ބަޔާން ކޮަށްފައިވުން

 

  1. މޮނިއުމަންޓާއެކު ހުށައަޅަންޖެހޭ މަޢުލޫމާތު

މޮނިއުމަންޓް ހުށައަޅާއިރު ކަވަރ ލެޓަރއެއް ހުށައެޅުން، ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.

  1. މޮނިއުމަންޓް ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު  ނަންބަރު
  2. ހުށައަޅާ މޮނިއުމަންޓަކީ އެ މޮނިއުމަންޓް ފަރުމާކުރި ފަރާތުގެ ފިކުރީ މުދަލެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުން
  3. ހުށައަޅާ މޮނިއުމަންޓް އެ ހުށައެޅި ފަރާތުގެ އިތުރު ހުއްދައަކާ ނުލައި ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މިސްކޫލަށް ދޭކަން ބަޔާންކުރުން.
  4. މޮނިއުމަންޓުން ރަމްޒުކޮށްދޭ ކަންކަމާ ގުޅޭގޮތުން ކުރު ޢިބާރާތްކޮޅެއް
  5. މޮނިއުމަންޓް ފަރުމާކުރުމުގައި އެހެން މޮނިއުމަންޓެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެމޮނިއުމަންޓެއް ނުވަތަ އެ ބެޖެެއްގެ މަޢުލޫމާތާއި އެމޮނިއުމަންޓް ނުވަތަ ބެޖެއްގެ ނަކަލު
  6. މޮނިއުމަންޓް  ކޮޕީ 600×400 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލްއެއް 150ޑީޕީއައި ރިޒޮލިއުޝަންގައި ހުށައެޅުން
  7. ޖިފް، ޕީއެންޖީ ނުވަތަ ޖޭޕީއީޖީ ފޯމެޓުގައި ހުށަހަޅާނަމަ ފަސްމަންޒަރު (ބެކް ރައުންޑް) ހުދުކުލައިން ހުރުން.
  8. މޮނިއުމަންޓްގައި ޢިބާރާތެއް ބޭނުންކުރާނަމަ ދިވެހި ނުވަތަ އިނގިރޭސި ބަހުން ހުރުން
  9. މޮނިއުމަންޓްގައި ރަމްޒު އަކުރެއް ބޭނުންކުރާނަމަ HS ބޭނުންކުރުން.
  10. ސްކޫލްގެ 50 އަހަރު ރަމްޒުކޮށްދޭ ލޯގޯ ޖަހަން ބޭނުންނަމަ ބޭނުންކުރެވިދާނެ. (މި ލޯގޯ ފޯރުކޮށްދެވޭނެ)
  11. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6520533 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

=ހަނިމާދޫ ސްކޫލްގެ ބިޑް ކޮމިޓީ 2019=

10 މާރިޗު 2019