މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ބޭރުން ވަޑައިގަންނަވާ ވަފްދުތަކަށް ވެހިކަލް ހަމަޖެއްސުމާބެހޭ

މި މިނިސްޓްރީއަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ވަފްދުތަކަށް ވެހިކަލް ހަމަޖެއްސުމަށް ބޭނުންވެގެން ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2019/69 (27 ފެބްރުއަރީ 2019) ޢިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން ޢިޢުލާން ކުރަމެވެ.

 

މަޢުލޫމާތު ދިނުން:                 7 މާރޗް 2019، 13:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން:          11 މާރޗް 2019، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 މާރިޗު 2019
ހޯދާ