މަސައްކަތް
ނަންބަރު: (IUL)13-E/13/2019/74
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި:
07 މާރިޗު 2019 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޭރުން ވަޑައިގަންނަވާ ވަފްދުތަކަށް ވެހިކަލް ހަމަޖެއްސުމާބެހޭ
މި މިނިސްޓްރީއަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ވަފްދުތަކަށް ވެހިކަލް ހަމަޖެއްސުމަށް ބޭނުންވެގެން ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2019/69 (27 ފެބްރުއަރީ 2019) ޢިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން ޢިޢުލާން ކުރަމެވެ.
މަޢުލޫމާތު ދިނުން: 7 މާރޗް 2019، 13:30 އަށް
އަންދާސީ ހިސާބު ހުށަހެޅުން: 11 މާރޗް 2019، 13:30 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
04 މާރިޗު 2019