ދިވެހިރާއްޖެ
ފަޅުރަށްތައް ވަރުވާއަށް ނަންގަވައިގެން ރަށް ބަލަހައްޓަމުން ގެންދާ ފަރާތްތަކުން 2019 ވަނަ އަހަރުގެ ވަރުވާ ފައިސާ މިހާތަނަށް ނުދައްކަވާ ފަރާތްތަކަށް ވަރުވާ ދެއްކުމަށް އިތުރު ފުރުޞަތެއް ދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިގޮތުން 2019 ވަނަ އަހަރަށް ދައްކަންޖެހޭ ވަރުވާ 31 ޑިސެމްބަރ 2018 ކުރިން ނުދެއްކެވުނު ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 15 މާރިޗު 2019 ގެ ނިޔަލަށް ވަރުވާ ދެއްކުމުގެ ފުރުޞަތު ވަނީ އިތުރު ކޮށްދެވިފައެވެ. ވީމާ މި މުއްދަތުގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދައްކަވައި ނިންމެވުމަށް ދެންނެވީމެވެ. އަދި، ދަންނަވަމެވެ. 15 މާރިޗު 2019 ގެ ނިޔަލަށް ވަރުވާ ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަ ފަޅުރަށްރަށް ވަރުވާއަށް ގެންގުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.