ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2019/37
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:50
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޅުރަށްރަށް ވަރުވާއަށް ނަންގަވައިގެން ގެންގުޅުއްވާ ފަރާތްތަކުން 2019 ވަނަ އަހަރަށް ވަރުވާދެއްކުމަށް އިތުރު ފުރުޞަތު ދިނުމާބެހޭ

ފަޅުރަށްތައް ވަރުވާއަށް ނަންގަވައިގެން ރަށް ބަލަހައްޓަމުން ގެންދާ ފަރާތްތަކުން 2019 ވަނަ އަހަރުގެ ވަރުވާ ފައިސާ  މިހާތަނަށް ނުދައްކަވާ ފަރާތްތަކަށް ވަރުވާ ދެއްކުމަށް އިތުރު ފުރުޞަތެއް ދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިގޮތުން 2019 ވަނަ އަހަރަށް ދައްކަންޖެހޭ ވަރުވާ 31 ޑިސެމްބަރ 2018  ކުރިން ނުދެއްކެވުނު ފަރާތްތަކަށް  އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 15 މާރިޗު 2019 ގެ ނިޔަލަށް ވަރުވާ ދެއްކުމުގެ ފުރުޞަތު ވަނީ އިތުރު ކޮށްދެވިފައެވެ. ވީމާ މި މުއްދަތުގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދައްކަވައި ނިންމެވުމަށް ދެންނެވީމެވެ. އަދި، ދަންނަވަމެވެ. 15 މާރިޗު 2019 ގެ ނިޔަލަށް ވަރުވާ ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަ ފަޅުރަށްރަށް ވަރުވާއަށް ގެންގުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 ފެބުރުވަރީ 2019