މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެއިރޮޑްރޯމް އިންސްޕެކްޓަރ

މަޤާމް:

އެސިސްޓެންޓް އެރޮޑްރޯމްސް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

އަސާސީ މުސާރަ އާއި އެލްވަންސް:

18,200.75 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  • އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުން

ނުވަތަ

  • އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ޙާޞިލު ކޮށްފައިވުމާއެކު  މަދުވެގެން 3 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

  • އެރޮޑްރޯމްސް އޭރިއާގައި މަސައްކަތް ކުރުމަށް ބޭނުންވާޕްރޮފެޝަނަލް ޓްރެއިނިންގްސްތައް މަދުވެގެން 2 އެރިއާ އަކުން ހާޞިލްކޮށްފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

  • އެއަރޓްރެފިކް ކޮންޓްރޯލް ކުރުމުގެ ލައިސަންސް 2 ރޭޓިންގް އާއިއެކު ލިބިފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ 

  • ޕްރައިވެޓް ޕައިލެޓް ލައިސަންސް ލިބިފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެސިސްޓެންޓް އޭރޯޑްރޯމްސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
  3. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކުރުމަށްޓަކައި ތާވަލެއް އެކުލަވާލާ އަދި މިތާރީޚްތައް އޭރޯޑްރޯމްސް އޮފިސަރުގެ ސަމާލުކަމަށް ގެނައުން
  4. ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެރޮޑްރޯމް އޮފިސަރަށް އެހީތެރިވުން
  5.  އިންސްޕެކްޝަން ތަކާއި އޮޑީތްތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން
  6. ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބެލުމަށް ބޭނުންވާ މަޢުލޫމާތުތައް އެކިފަރާތްތަކުން ހޯދާ އަދި ތަޙުޤީޤު ކުރުމުގައި އެހިީތެރިވުން
  7. އިންސިޑެންޓް ތަކާއި އެކްސިޑަންޓް ތަކުގެ ޑޭޓާ ބޭސް ބެލެހެއްޓުން
  8. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯޓް ތައްޔާރުކޮށް ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުމަށް އެރޮޑްރޯމް އޮފިސަރަށް އެހީތެރިވުން
  9. އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެރޮޑްރޯމް އޮފިސަރަށް ދިނުން
  10. ސެކްޝަންގައި ބޭއްވޭ މީޓިންގް ތަކުގެ މިނިޓްސް ތައްޔާރު ކުރުމާއި އަދި ރެކޯރޑްސް ބެލެހެއްޓުން

އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

7 މާޗް ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

24 ފެބުރުވަރީ 2019
ހޯދާ