މަޤާމް:
|
އެސިސްޓެންޓް އެރޮޑްރޯމްސް އިންސްޕެކްޓަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ
|
އަސާސީ މުސާރަ އާއި އެލްވަންސް:
|
18,200.75 ރ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުތު:
|
- އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުން
ނުވަތަ
- އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން
ނުވަތަ
- އެރޮޑްރޯމްސް އޭރިއާގައި މަސައްކަތް ކުރުމަށް ބޭނުންވާޕްރޮފެޝަނަލް ޓްރެއިނިންގްސްތައް މަދުވެގެން 2 އެރިއާ އަކުން ހާޞިލްކޮށްފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން
ނުވަތަ
- އެއަރޓްރެފިކް ކޮންޓްރޯލް ކުރުމުގެ ލައިސަންސް 2 ރޭޓިންގް އާއިއެކު ލިބިފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން
ނުވަތަ
- ޕްރައިވެޓް ޕައިލެޓް ލައިސަންސް ލިބިފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖްރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެސިސްޓެންޓް އޭރޯޑްރޯމްސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
- ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
- ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކުރުމަށްޓަކައި ތާވަލެއް އެކުލަވާލާ އަދި މިތާރީޚްތައް އޭރޯޑްރޯމްސް އޮފިސަރުގެ ސަމާލުކަމަށް ގެނައުން
- ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެރޮޑްރޯމް އޮފިސަރަށް އެހީތެރިވުން
- އިންސްޕެކްޝަން ތަކާއި އޮޑީތްތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން
- ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބެލުމަށް ބޭނުންވާ މަޢުލޫމާތުތައް އެކިފަރާތްތަކުން ހޯދާ އަދި ތަޙުޤީޤު ކުރުމުގައި އެހިީތެރިވުން
- އިންސިޑެންޓް ތަކާއި އެކްސިޑަންޓް ތަކުގެ ޑޭޓާ ބޭސް ބެލެހެއްޓުން
- ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯޓް ތައްޔާރުކޮށް ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުމަށް އެރޮޑްރޯމް އޮފިސަރަށް އެހީތެރިވުން
- އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެރޮޑްރޯމް އޮފިސަރަށް ދިނުން
- ސެކްޝަންގައި ބޭއްވޭ މީޓިންގް ތަކުގެ މިނިޓްސް ތައްޔާރު ކުރުމާއި އަދި ރެކޯރޑްސް ބެލެހެއްޓުން
އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:
|
7 މާޗް ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް
|
ހުށަހަޅަންޖެހޭ ލިޔުން:
|
- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
|
އިންޓަރވިއު ކުރުން:
|
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|