ދިވެހިރާއްޖެ
ނޫސް ބަޔާން
ފޯލްސިފައިޑް Falsified Rabies Vaccine އާއި ގުޅޭ
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) އިން އެލާރޓް ކުރައްވާފައިވާ ގޮތުން Falsified Rabies Vaccine ގެތިރީގައިވާ ބެޗް ވިޔަފާރީގެ ގޮތުގައި ދުނިޔޭ ކަންކޮޅުތަކުގައި ދަނީ ދައުރު ވަމުންނެވެ.
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫނެވެ. އަދި މިކަން އިތުރަށް ބެލުމަށް ކުރެވުނު އިންސްޕެކްޝަން ތަކުން މިބޭސް ރާއްޖޭގެ ބާޒާރުގައި ނެތްކަން ފާހަގަ ކުރެވިފައިވެއެވެ.
ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިވެކްސިން އިމްޕޯރޓް ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. ބޭސް ސިޓީއަށް ވެސް މިވެކްސިންގެެ މިބެޗް އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
ވީމާ Rabies Vaccine ގެ ދެންނެވިފައިވާ ބެޗް ރާއްޖެއަށް އިމްޕޯރޓް ނުކުރުމަށާއި ނުވިއްކެވުމަށް އިލްތިމާސް ކުރަމެވެ.
VERORAB, Rabies Vaccine for Human Use, Prepared on Cell Cultures (Inactivated) |
Product Name |
Sanofi Pasteur |
Stated Manufacturer |
Secondary Packaging (Pack/Carton) |
Presentation |
NIE35 |
Batch Number |
04-2019 |
Expiry Date |
23 May 2016 |
Date of Manufacturer |
މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.
08 ޖުމާދުލްއާޚިރު 1440