ނޫސްބަޔާން
ނަންބަރު: 182-MTG/NB/2019/02
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 18 ފެބުރުވަރީ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފޯލްސިފައިޑް Falsified Rabies Vaccine އާއި ގުޅޭ

ނޫސް ބަޔާން

 

ފޯލްސިފައިޑް  Falsified Rabies Vaccine އާއި ގުޅޭ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) އިން އެލާރޓް ކުރައްވާފައިވާ ގޮތުން  Falsified Rabies Vaccine  ގެތިރީގައިވާ ބެޗް ވިޔަފާރީގެ ގޮތުގައި  ދުނިޔޭ ކަންކޮޅުތަކުގައި ދަނީ ދައުރު ވަމުންނެވެ.

މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫނެވެ. އަދި  މިކަން އިތުރަށް ބެލުމަށް ކުރެވުނު އިންސްޕެކްޝަން ތަކުން މިބޭސް  ރާއްޖޭގެ ބާޒާރުގައި ނެތްކަން ފާހަގަ ކުރެވިފައިވެއެވެ.

ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިވެކްސިން އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. ބޭސް ސިޓީއަށް ވެސް މިވެކްސިންގެެ މިބެޗް  އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ. އަދި  ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން،  ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް  ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި  ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

ވީމާ Rabies Vaccine ގެ ދެންނެވިފައިވާ ބެޗް ރާއްޖެއަށް އިމްޕޯރޓް ނުކުރުމަށާއި ނުވިއްކެވުމަށް އިލްތިމާސް ކުރަމެވެ.

 

VERORAB, Rabies Vaccine for Human Use, Prepared on Cell Cultures (Inactivated)

Product Name

Sanofi Pasteur

Stated Manufacturer

Secondary Packaging  (Pack/Carton)

Presentation

NIE35

Batch Number

04-2019

Expiry Date

23 May 2016

Date of Manufacturer

މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

08 ޖުމާދުލްއާޚިރު   1440

 

 

13 ފެބުރުވަރީ 2019