ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

`

 

ށ.އަތޮޅު މަދަރުސާ

ށ.ކަނޑިތީމު، ދިވެހިރާއްޖެ

                                                    ނަންބަރު: IUL)GS34/2019/05)

 

އަންދާސީ ހިސާބު ހޯދުން

 

 

މި މަދަރުސާގެ ނަންބަރ:IUL)GS34/2019/04) ތާރީޚު: 5 ފެބްރުއަރީ 2019 ގެ އިޢްލާނުގައިވާ ބައެއް މަޢުލޫމާތާއި ތާރީޚުތައް ފުށުއަރާ ގޮތަށް ގެނެވިފައިވާތީ  އެ އިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމަށް ހުޅުވާލަމެވެ.

  • މަސައްކަތް

01- ކްލާސްރޫމް ސަރަޙައްދުން ދަރިވަރުންނަށް ބޯފެން ލިބޭނެ ނިޒާމެއް ޤާއިމުކުރުން.

02- ހަލާކުވެފައިވާ ބައެއް ދޮރުތައް މަރާމާތުކުރުން

03- ސްކޫލްގެ އެންޓްރެންސް މަރާމާތުކުރުން.

           ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި.

އަންދާސީހިސާބު ހުށަހެޅުއްވުން

2019 ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ 12:00 ގައި.

 

 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " 2019ގެ މަރާމާތު " މިހެން ލިޔެފައި އޮންނަންވާނެއެވެ.

          އަދި ދަންނަވެމެވެ. 2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

    30 ޖުމާދަލްއޫލާ 1440      

    05 ފެބުރުއަރީ  2019

05 ފެބުރުވަރީ 2019
ހޯދާ