ދިވެހިރާއްޖެ
`
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު، ދިވެހިރާއްޖެ
ނަންބަރު: IUL)GS34/2019/05)
އަންދާސީ ހިސާބު ހޯދުން
މި މަދަރުސާގެ ނަންބަރ:IUL)GS34/2019/04) ތާރީޚު: 5 ފެބްރުއަރީ 2019 ގެ އިޢްލާނުގައިވާ ބައެއް މަޢުލޫމާތާއި ތާރީޚުތައް ފުށުއަރާ ގޮތަށް ގެނެވިފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމަށް ހުޅުވާލަމެވެ.
- މަސައްކަތް
01- ކްލާސްރޫމް ސަރަޙައްދުން ދަރިވަރުންނަށް ބޯފެން ލިބޭނެ ނިޒާމެއް ޤާއިމުކުރުން.
02- ހަލާކުވެފައިވާ ބައެއް ދޮރުތައް މަރާމާތުކުރުން
03- ސްކޫލްގެ އެންޓްރެންސް މަރާމާތުކުރުން.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި. |
އަންދާސީހިސާބު ހުށަހެޅުއްވުން |
2019 ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ 12:00 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " 2019ގެ މަރާމާތު " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
30 ޖުމާދަލްއޫލާ 1440
05 ފެބުރުއަރީ 2019