ދިވެހިރާއްޖެ
އިޢުލާން
ލޯގޯ ފަރުމާކުރުމާއި ބެހޭ
ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުމުގެގޮތުން ގޯލްޑަން ޖުބިލީ އަހަރުގެ ގޮތުގައި 2019 ވަނަ އަހަރުގައި ހިންގާ ޙަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އެއް ފަރުމާކުރުމާއި ގުޅޭގޮތުން ކޮށްފައިވާ ނަމްބަރ: (IUL)DHAH/2019/001 (10 ޖެނުއަރީ 2019) އިޢުލާނަށް ލިބިފައިވާ ހުށައެޅުންތަކުގެ ޝަރުތު ހަމަނުވާތީއާއި، ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަނުވެ ހުރުމުގެ ސަބަބުން އެ އިޢުލާން ބާޠިލް ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:
- މި ލޯގޯއިން ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރިފައިވާކަން ރަމްޒުކޮށްދިނުން
- އެއްވެސް ތަނެއްގައި ބޭނުންކުރަމުންދާ ލޯގޯއަކަށް ނުވުން ( ކޮޕީއަކަށް ނުވުން )
- އެއްވެސް ސިޔާސީ ޕާރޓީއެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ނުވުން
- ޤައުމީ ކުލަތައް ( ފެހި،ރަތް،ހުދު ) ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ލޯގޯއަކަށް ވުން
- ދ. އަތޮޅަށް ނިސްބަތްކުރެވޭ ޙާއްސަ ސިފައެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވުން
- 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
- ލޯގޯއިން ރަމްޒުކޮށްދޭ އެއްޗެއްގެ ތަފްޞީލު ހުށައެޅުން
- މައުދަނުގައި ނުވަތަ ފައިބާރގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭނެގޮތަށް ފަރުމާކުރެވިފައިވުން
- ހުށައަޅާ ލޯގޯގެ ކުލަލޯގޯއާއި އަދި ކަޅާއިހުދުގެ ލޯގޯގެ ހާޑް އަދި ސޮފްޓް ހުށައެޅުން
މިގޮތުން ހުށައަޅާ ލޯގޯ ތަކުގެ ތެރެއިން މި މުނާސަބަތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯއަކަށް -/5000 ( ފަސްހާސް ރުފިޔާ ) ފައިސާގެ ޢިނާމެއް ދެވޭނެއެވެ.
ފަރުމާކުރެވިފައިވާ ލޯގޯ ބަލައިގަތުން އޮންނާނީ 06 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގައި ދ. އަތޮޅު ހޮސްޕިޓަލުގެ ސެމިނަރ ރޫމުގައެވެ. ހުށައަޅާ ސިޓީއުރައިގެ ބޭރުގައި " 50 އަހަރުގެ ޞިއްޙީ ޙިދުމަތުގެ ލޯގޯ ފަރުމާކުރުން " މިހެން ޖައްސަވާފައި އޮންނަންވާނެއެވެ.
03 ފެބުރުވަރީ 2019