މުބާރާތް
ނަންބަރު: (IUL)DHAH/2019/003
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 06 ފެބުރުވަރީ 2019 12:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރުފުރޭ ރަންޔޫބިލް ލޯގޯ ތައްޔާރު ކުރުމާއިގުޅޭ

އިޢުލާން

 

ލޯގޯ ފަރުމާކުރުމާއި ބެހޭ

ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުމުގެގޮތުން ގޯލްޑަން ޖުބިލީ އަހަރުގެ ގޮތުގައި 2019 ވަނަ އަހަރުގައި ހިންގާ ޙަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އެއް ފަރުމާކުރުމާއި ގުޅޭގޮތުން ކޮށްފައިވާ ނަމްބަރ: (IUL)DHAH/2019/001 (10 ޖެނުއަރީ 2019) އިޢުލާނަށް ލިބިފައިވާ ހުށައެޅުންތަކުގެ ޝަރުތު ހަމަނުވާތީއާއި، ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަނުވެ ހުރުމުގެ ސަބަބުން އެ އިޢުލާން ބާޠިލް  ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  • މި ލޯގޯއިން ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރިފައިވާކަން ރަމްޒުކޮށްދިނުން
  • އެއްވެސް ތަނެއްގައި ބޭނުންކުރަމުންދާ ލޯގޯއަކަށް ނުވުން ( ކޮޕީއަކަށް ނުވުން )
  • އެއްވެސް ސިޔާސީ ޕާރޓީއެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ނުވުން
  • ޤައުމީ ކުލަތައް ( ފެހި،ރަތް،ހުދު ) ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ލޯގޯއަކަށް ވުން
  • ދ. އަތޮޅަށް ނިސްބަތްކުރެވޭ ޙާއްސަ ސިފައެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވުން
  • 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • ލޯގޯއިން ރަމްޒުކޮށްދޭ އެއްޗެއްގެ ތަފްޞީލު ހުށައެޅުން
  • މައުދަނުގައި ނުވަތަ ފައިބާރގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭނެގޮތަށް ފަރުމާކުރެވިފައިވުން
  • ހުށައަޅާ ލޯގޯގެ ކުލަލޯގޯއާއި އަދި ކަޅާއިހުދުގެ ލޯގޯގެ ހާޑް އަދި ސޮފްޓް ހުށައެޅުން

                                 

މިގޮތުން ހުށައަޅާ ލޯގޯ ތަކުގެ ތެރެއިން މި މުނާސަބަތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯއަކަށް -/5000 ( ފަސްހާސް ރުފިޔާ ) ފައިސާގެ ޢިނާމެއް ދެވޭނެއެވެ.

ފަރުމާކުރެވިފައިވާ ލޯގޯ ބަލައިގަތުން އޮންނާނީ 06 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގައި ދ. އަތޮޅު ހޮސްޕިޓަލުގެ ސެމިނަރ ރޫމުގައެވެ. ހުށައަޅާ ސިޓީއުރައިގެ ބޭރުގައި " 50 އަހަރުގެ ޞިއްޙީ ޙިދުމަތުގެ ލޯގޯ ފަރުމާކުރުން " މިހެން ޖައްސަވާފައި އޮންނަންވާނެއެވެ.

  

                           03 ފެބުރުވަރީ 2019  

03 ފެބުރުވަރީ 2019