ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
* ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ފިހާރަ ކުއްޔަށް ދޫކުރުން

އިޢުލާން

* ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ފިހާރަ ކުއްޔަށް ދޫކުރުން

          މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

  • އިމާރަތުގެ ފިހާރަ ކުއްޔަށް ދިނުމާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2019 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 2019 ޖަނަވަރީ 24 ވަނަދުވަހުގެ 13:00 ނިޔަލަށް މިއިދާރާއަށް ދުރުވެ ނެންގެވުން އެދެމެވެ.
  • ޕްރީބިޑް މީޓިންގ އޮންނާނީ، 2019 ޖަނަވަރީ 27  ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތް ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު  ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
  • ފޯމް ބަލައިގަތުން އޮންނާނީ 2019 ޖަނަވަރީ 31 ވަނަ ދުވަހުގެ  13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

ޢިމާރާތުގެ ކުލި

80%

މާލީ ތަނަވަސްކަން

10%

ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ)

10%

އިތުރުމަޢުލޫމާތު،  މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޖުމާދަލްއޫލާ 1440

16 ޖަނަވަރީ 2019
ހޯދާ