ކުއްޔަށް ދިނުން
ނަންބަރު: A-381/I-2019/02
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި:
31 ޖަނަވަރީ 2019 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
* ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ފިހާރަ ކުއްޔަށް ދޫކުރުން
އިޢުލާން
* ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ފިހާރަ ކުއްޔަށް ދޫކުރުން
މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
- އިމާރަތުގެ ފިހާރަ ކުއްޔަށް ދިނުމާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2019 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 2019 ޖަނަވަރީ 24 ވަނަދުވަހުގެ 13:00 ނިޔަލަށް މިއިދާރާއަށް ދުރުވެ ނެންގެވުން އެދެމެވެ.
- ޕްރީބިޑް މީޓިންގ އޮންނާނީ، 2019 ޖަނަވަރީ 27 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތް ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
- ފޯމް ބަލައިގަތުން އޮންނާނީ 2019 ޖަނަވަރީ 31 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
- މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
ޢިމާރާތުގެ ކުލި |
80% |
|
މާލީ ތަނަވަސްކަން |
10% |
|
ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ) |
10% |
|
އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ޖުމާދަލްއޫލާ 1440
16 ޖަނަވަރީ 2019