ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން

* ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން

      މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

  • މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2019 ޖަނަވަރީ 02 ވަނަ ދުވަހުންފެށިގެން 2019 ޖަނަވަރީ 10 ވަނަދުވަހުގެ 13:00 ނިޔަލަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
  • ޕްރީބިޑް މީޓިންގ އޮންނާނީ، 2019 ޖަނަވަރީމަހު 13 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތާއި ތަކެތި ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު  ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަވާ ފަރާތަކަށް އެދިވަޑައިގަންނަވާ މެއިލްއަކަށް މަޢުލޫމާތުގެ ޕީ.ޑީ.އެފް ކޮޕީއެއް މެއިލްކޮށްދެވޭނެއެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2019 ޖަނަވަރީމަހު 15 ވަނަ ދުވަހުގެ  13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
  • މިކަމާ ގުޅިގެން  ކޮށްފައިވާ މި އިދާރާގެ ނަންބަރު: B-381/I/2018/53 (15 ނޮވެމްބަރ) ގެ އިއުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.

ޢިމާރާތުގެ ކުލި

60%

މާލީ ތަނަވަސްކަން

10%

ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ)

15%

އިންސާނީ ވަޞީލަތް

15%

އިތުރުމަޢުލޫމާތު،  މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 ޑިސެންބަރު 2018
ހޯދާ