ކުއްޔަށް ދިނުން
ނަންބަރު: A-381/I-2018/61
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
15 ޖަނަވަރީ 2019 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން
* ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން
މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
- މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2019 ޖަނަވަރީ 02 ވަނަ ދުވަހުންފެށިގެން 2019 ޖަނަވަރީ 10 ވަނަދުވަހުގެ 13:00 ނިޔަލަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
- ޕްރީބިޑް މީޓިންގ އޮންނާނީ، 2019 ޖަނަވަރީމަހު 13 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތާއި ތަކެތި ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
- މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަވާ ފަރާތަކަށް އެދިވަޑައިގަންނަވާ މެއިލްއަކަށް މަޢުލޫމާތުގެ ޕީ.ޑީ.އެފް ކޮޕީއެއް މެއިލްކޮށްދެވޭނެއެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2019 ޖަނަވަރީމަހު 15 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
- މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
- މިކަމާ ގުޅިގެން ކޮށްފައިވާ މި އިދާރާގެ ނަންބަރު: B-381/I/2018/53 (15 ނޮވެމްބަރ) ގެ އިއުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.
ޢިމާރާތުގެ ކުލި |
60% |
މާލީ ތަނަވަސްކަން |
10% |
ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ) |
15% |
އިންސާނީ ވަޞީލަތް |
15% |
އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
31 ޑިސެންބަރު 2018