ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ނަލަފިލަޔާއި ސީލިނގު މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1.  މިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

        1.1- 02 ފަންގި ފިލާގެ 02 އިމާރާތުގެ ކުކުޅުއަހިކޮޅުގެ ނަލަފިލާ ބަދަލުކޮށް ސީލިނގުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.

        1.2- 01 ފަންގިފިލާގެ 01 އިމާރާތުގެ 02 ކޮޅުގެ ކުކުޅުއަހިކޮޅުގެ ނަލަފިލާ ބަދަލުކޮށް ސީލިނގުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.

        1.3- 02 ފަންގިފިލާގެ 02 އިމާރާތް ގުޅުވާ ވޯކްވޭގެ މަތީ ޕޯރޓިކޯގެ ފުރާޅު ދެކޮޅުގެ ނަލަފިލާ ބަދަލުކޮށް ސީލުގުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.

 2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރު 16 އިން 2018 ޑިސެމްބަރު 20 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރު20ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެމްބަރު 21 ވާ ހުކުރުދުވަހު މެންދުރުފަހު 14:30 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.

 5. ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރު 25 ވާ އަންގާރަ ދުވަހުގެ 14:00 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.

 6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް 2018 ޑިސެމްބަރު 16 އިން 2018 ޑިސެމްބަރު 20 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ޙަމަދު ސްކޫލުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. 

 7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

ބޮޑުމަގު، ލ. ގަން ،މަތިމަރަދޫ/  ދިވެހިރާއްޖެ.

ފޯން:  6800012

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

13 ޑިސެންބަރު 2018
ހޯދާ