ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1.1- 02 ފަންގި ފިލާގެ 02 އިމާރާތުގެ ކުކުޅުއަހިކޮޅުގެ ނަލަފިލާ ބަދަލުކޮށް ސީލިނގުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.
1.2- 01 ފަންގިފިލާގެ 01 އިމާރާތުގެ 02 ކޮޅުގެ ކުކުޅުއަހިކޮޅުގެ ނަލަފިލާ ބަދަލުކޮށް ސީލިނގުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.
1.3- 02 ފަންގިފިލާގެ 02 އިމާރާތް ގުޅުވާ ވޯކްވޭގެ މަތީ ޕޯރޓިކޯގެ ފުރާޅު ދެކޮޅުގެ ނަލަފިލާ ބަދަލުކޮށް ސީލުގުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުން.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރު 16 އިން 2018 ޑިސެމްބަރު 20 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރު20ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެމްބަރު 21 ވާ ހުކުރުދުވަހު މެންދުރުފަހު 14:30 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރު 25 ވާ އަންގާރަ ދުވަހުގެ 14:00 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް 2018 ޑިސެމްބަރު 16 އިން 2018 ޑިސެމްބަރު 20 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ޙަމަދު ސްކޫލުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ބޮޑުމަގު، ލ. ގަން ،މަތިމަރަދޫ/ ދިވެހިރާއްޖެ.
ފޯން: 6800012
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]