ދިވެހިރާއްޖެ
| މަޤާމް :މެޑިކަލް އޮފިސަރ | |
|---|---|
| ބޭނުންވާ އަދަދު :20 | |
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުން ބޭނުންވެއްޖެ މި ހޮސްޕިޓަލްގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި މެޑިކަލް އޮފިސަރުން ބޭނުންވެއްޖެއެވެ. މި ގޮތުން ވޭޖްއެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 8 ގަޑިިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މުސާރަކަނޑައެޅޭނީ މަސައްކަތްކުރައްވާ ގަޑިއަށް ބެލުމަށްފަހު ގަޑިއަކަށް ޖެހޭވަރު ބަލައިގެންނެވެ. ބޭނުންވާ އަދަދު: 20 (ވިހި) ޝަރުތު: މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން. މުސާރަ: ގަޑިއަކަށް ޖެހޭވަރު -/130 ރުފިޔާ މުއްދަތު: 3 މަސް ދުވަސް (3 މަސް ދުވަސް ހަމަވުމުން މި ހޮސްޕިޓަލުން ކޮންޓްރެކްޓް އިތުރުކުރަން ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.) ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ. 5 ރަބީއުލްއާޚިރު 1440 12 ޑިސެމްބަރ 2018 |
