ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2018/101
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 31 ޖަނަވަރީ 2019 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

މަޤާމް :މެޑިކަލް އޮފިސަރ
ބޭނުންވާ އަދަދު :20

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުން ބޭނުންވެއްޖެ 

މި ހޮސްޕިޓަލްގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި މެޑިކަލް އޮފިސަރުން ބޭނުންވެއްޖެއެވެ. މި ގޮތުން ވޭޖްއެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން  ދުވާލަކު 8 ގަޑިިއިރު ހަފްތާއަކު 5 ދުވަހު  މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މުސާރަކަނޑައެޅޭނީ މަސައްކަތްކުރައްވާ ގަޑިއަށް ބެލުމަށްފަހު ގަޑިއަކަށް ޖެހޭވަރު ބަލައިގެންނެވެ.

ބޭނުންވާ އަދަދު:   20 (ވިހި)

ޝަރުތު:      މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

މުސާރަ:       ގަޑިއަކަށް ޖެހޭވަރު -/130 ރުފިޔާ

މުއްދަތު:    3 މަސް ދުވަސް (3 މަސް ދުވަސް ހަމަވުމުން މި ހޮސްޕިޓަލުން ކޮންޓްރެކްޓް އިތުރުކުރަން ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު  ސިޓީއަކުން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   

  1. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން/ ލައިސަންސްގެ ކޮޕީ.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  3. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  4. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  6. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.

5 ރަބީއުލްއާޚިރު 1440

12 ޑިސެމްބަރ 2018

11 ޑިސެންބަރު 2018