އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު ނަންބަރު: (A)CA-2013/760 (15 ނޮވެމްބަރ  2013)  އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މާލޭގައި ބެހެއްޓުމަށް އިޢުލާން ކޮށްފައިވާ ރ. އަތޮޅު، މާލެ-4 ނަންބަރު ވޯޓު ފޮށްޓާއި މެދުހެންވޭރު-5 ނަންބަރު ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާތަން މިދަންނަވާ ގޮތަށް ވަނީ ބަދަލު ކުރެވިފައެވެ. އެހެންކަމުން މިދެންނެވި 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

މާލެ،

ކީރިތި ޤުރުއާނާބެހޭ މަރުކަޒު

އަމީރު އަޙްމަދު މަގުގެ

އިރުމަތީ ދޮރޯށިން ވަންނައިރު

އިރުމަތީފަރާތު 1 ނަންބަރު

ކްލާސްރޫމް ތެރޭގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ރ. އަތޮޅު، މާލެ-4

E04.0.1

1       

މާލެ،

ދަރުމަވަންތަ ސްކޫލް
އަމީރުއަޙްމަދުމަގު

ދޮރޯށިން ވަންނައިރު

4 ނަންބަރު ކުލާސް ރޫމުގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން ދަފްތަރު ނަންބަރު 799 އިން ފެށިގެން 1328 އަށް،9064  އިން ފެށިގެން  9152 އާ ދެމެދުގައި ހިމެނޭ  މީހުންނެވެ.

މެދުހެންވޭރު-5

T02.1.5

2       

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

 07 ރަބީޢުލްއައްވަލް 1435

08 ޖަނަވަރީ 2014
ހޯދާ