ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަނުގެ ނަންބަރު ނަންބަރު: (A)CA-2013/760 (15 ނޮވެމްބަރ 2013) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން
2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މާލޭގައި ބެހެއްޓުމަށް އިޢުލާން ކޮށްފައިވާ ރ. އަތޮޅު، މާލެ-4 ނަންބަރު ވޯޓު ފޮށްޓާއި މެދުހެންވޭރު-5 ނަންބަރު ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާތަން މިދަންނަވާ ގޮތަށް ވަނީ ބަދަލު ކުރެވިފައެވެ. އެހެންކަމުން މިދެންނެވި 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
މާލެ، ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަމީރު އަޙްމަދު މަގުގެ އިރުމަތީ ދޮރޯށިން ވަންނައިރު އިރުމަތީފަރާތު 1 ނަންބަރު ކްލާސްރޫމް ތެރޭގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ރ. އަތޮޅު، މާލެ-4 |
E04.0.1 |
1 |
މާލެ، ދަރުމަވަންތަ ސްކޫލް ދޮރޯށިން ވަންނައިރު 4 ނަންބަރު ކުލާސް ރޫމުގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން ދަފްތަރު ނަންބަރު 799 އިން ފެށިގެން 1328 އަށް،9064 އިން ފެށިގެން 9152 އާ ދެމެދުގައި ހިމެނޭ މީހުންނެވެ. |
މެދުހެންވޭރު-5 |
T02.1.5 |
2 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
07 ރަބީޢުލްއައްވަލް 1435