ދިވެހިރާއްޖެ
ދިއްދޫ ސްކޫލް
އދ. ދިއްދޫ، ދިވެހިރާއްޖެ
GS159/IUL/2018/21ނަންބަރު
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
2019 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS159/IUL/2018/20 (14 ނޮވެންބަރު 2018) އިޢުލާނަށް ޞައްހަ 3 ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް، 2019 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭފަދަ ލިއުމަކާއި އައިޑީ ކާޑް ގެންނެވުން އެދެމެވެ.
މިމަސައްކަތަށް ކުރިމަތި ލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6680060 ފޯނާއި ގުޅުއްވުން އެދެމެވެ.