ޢާންމު މަޢުލޫމާތު
ނަންބަރު: GS159/IUL/2018/21
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 13 ޑިސެންބަރު 2018 13:00
އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހަށްޓާދޭނެ ފަރާތެއް ހޯދުން

 

ދިއްދޫ ސްކޫލް

އދ. ދިއްދޫ، ދިވެހިރާއްޖެ

GS159/IUL/2018/21ނަންބަރު

އިޢުލާން

ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

     2019 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS159/IUL/2018/20 (14 ނޮވެންބަރު 2018) އިޢުލާނަށް ޞައްހަ 3 ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް، 2019 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.

    މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މި ސްކޫލަށް  ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭފަދަ ލިއުމަކާއި އައިޑީ ކާޑް ގެންނެވުން އެދެމެވެ.

    މިމަސައްކަތަށް ކުރިމަތި ލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ތަކަށެވެ.

    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6680060 ފޯނާއި ގުޅުއްވުން އެދެމެވެ.    

03 ޑިސެންބަރު 2018