ދިވެހިރާއްޖެ
އިޢުލާން
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ:
މި ސްކޫލްގެ ނަންބަރު: GS-89/IUL/2018/38 (06 ނޮވެމްބަރު 2018) ގެ އިޢުލާންގައިވާ މަސައްކަތުގެ އުސޫލަށްބަދަލުތަކެއް އައުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް، 2019 ވަނައަހަރަށް މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ، މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން |
އެސްޓިމޭޓް ހުށައެޅުން |
2018 ޑިސެމްބަރު 5 ވާ ބުދަ ދުވަހުގެ 10:30 އަށް. |
2018 ޑިސެމްބަރު 12 ވާ ބުދަ ދުވަހުގެ 10:30 އަށް. |
ނޮޅިވަރަންފަރު ސްކޫލްގައި |
ނޮޅިވަރަންފަރު ސްކޫލްގައި |