މަސައްކަތް
ނަންބަރު: GS-89/IUL/2018/41
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 05 ޑިސެންބަރު 2018 10:30
ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ސްކޫލް ސެކިއުރިޓީ ބެލެހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ:

 މި ސްކޫލްގެ ނަންބަރު: GS-89/IUL/2018/38 (06 ނޮވެމްބަރު 2018) ގެ އިޢުލާންގައިވާ މަސައްކަތުގެ އުސޫލަށްބަދަލުތަކެއް އައުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް، 2019 ވަނައަހަރަށް މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ، މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން

އެސްޓިމޭޓް ހުށައެޅުން

2018 ޑިސެމްބަރު 5 ވާ ބުދަ ދުވަހުގެ 10:30 އަށް.

2018 ޑިސެމްބަރު 12 ވާ ބުދަ ދުވަހުގެ 10:30 އަށް.

ނޮޅިވަރަންފަރު ސްކޫލްގައި

ނޮޅިވަރަންފަރު ސްކޫލްގައި

27 ނޮވެންބަރު 2018