ދިވެހިރާއްޖެ
ގދ.ގައްދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓުގެ ތެރެއިން، ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން، ގދ.ގައްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 10 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހަޅާފައިވާ 93 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާނާއި ލިސްޓް، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި، ބެހެއްޓިފައިހުންނާނެއެވެ.
ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ގދ.ގައްދޫގައި ޢިމާރާތްކޮށްފައިވާ 10 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފޯމާއިގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ ގދ.ގައްދޫކައުންސިލްގެ އިދާރާއަށް، 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.