ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS2/138/2018/215
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 22:09
ސުންގަޑި: 08 ނޮވެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގދ.ގައްދޫގައި ޢިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓުގެ ތެރެއިން 10 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ފޯމުތަކަށް ޕޮއިންޓް ދެވުނުގޮތުގެ ލިސްޓް އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން.

ގދ.ގައްދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓުގެ ތެރެއިން، ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން، ގދ.ގައްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 10 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހަޅާފައިވާ 93 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  ގައި ޝާއިޢުކުރެވި، މި އިޢުލާނާއި ލިސްޓް، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި، ބެހެއްޓިފައިހުންނާނެއެވެ.

ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ގދ.ގައްދޫގައި ޢިމާރާތްކޮށްފައިވާ 10 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފޯމާއިގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ ގދ.ގައްދޫކައުންސިލްގެ އިދާރާއަށް، 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ. 

04 ނޮވެންބަރު 2018