އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.

`

އިނގުރައިދޫ ސްކޫލް                              Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ             R.Inguraidhoo / Republic of Maldives

ނަންބަރ:     GS124/ IUL/2018/21 

                      އިޢުލާން

 ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.

 

                މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ، 01 ޖަނަވަރީ 2019 އިން 31 ޑިސެންބަރު 2019 އަށް މި ސްކޫލުގެ  ސެކިއުރިޓީ  ބަލަހައްޓައިދިނުމަށް    ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު 6580002 އާއި ގުޅުއްވުން އެދެމެވެ.

                          14 ޞަފަރު 1440

                         23 އޮކްޓޯބަރު 2018

 

 

 

 

                                                                  ސަޢީދު އިބްރާހިމް

                                                    ( ޕްރިންސިޕަލް )

 

    

                                                

 
   
23 އޮކްޓޫބަރު 2018
ހޯދާ