ދިވެހިރާއްޖެ
`
އިނގުރައިދޫ ސްކޫލް Inguraidhoo School
ރ. އިނގުރައިދޫ، ދިވެހިރާއްޖެ R.Inguraidhoo / Republic of Maldives
ނަންބަރ: GS124/ IUL/2018/21
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، 01 ޖަނަވަރީ 2019 އިން 31 ޑިސެންބަރު 2019 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު 6580002 އާއި ގުޅުއްވުން އެދެމެވެ.
14 ޞަފަރު 1440
23 އޮކްޓޯބަރު 2018
ސަޢީދު އިބްރާހިމް
( ޕްރިންސިޕަލް )